މާދަރީބަސް

މާދަރީބަހަށް ސަމާލުވަމާ

Saturday, May 8, 2010

އުނގެނެމާ

ރައިވަރުމާނަކުރުން
ތިރީގައިވާ ރައިވަރުގެ ޖުމްލަމާނަ ލިޔާށެވެ

މާއިރުއްސުރެ ކުޑަ
ކާނު ވަކިވާ ބިމެއް އުޑަ
ޅާނުވީ މިސްކީނު މުޑަ
ނާށަ އެދި ހުންފުށީ ކުޑަ
ޙާކިމުންނޭ އަނުވި ދަދެއް
ވާނޫތޯ އެހުއް ދަ
އޮޓޮބައޮގްރަފީީއެއް ލިޔެލަމާ
ތިރީރަށު ވިިދުވަރު ޝޫރާ ސަޢިދަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ހެދުން ފަރުމާ ކުރުންތެރިޔާއެވެ. ތިޔަ ދަރިވަރަކީ އެނާކަމަށް ބަލައިގެން އަމިއްލަ އޮޓޮބައޮގްރަފީއެއް ލިޔާށެވެ!
ބައޮގްރަފީއެއް ލިޔެލަމާ!
ކ. އަތޮޅު ރަށަކަށް އުފަން އާދަމް ފަޔާޒަކީ ފީނުމުގެ ރޮނގުން ރާއްޖެއަށް ވަރަށް ގނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށް ބަލައިގެން އޭނާގެ ބައޮގްރަފީ ލިޔާށެވެ!

Friday, May 7, 2010

މަސައްކަތްތެރި ދިވެހީން












ދިވެހީންނަކީ މަސައްކަތްތެރިކަމަށް ވަރަށް ކުޅަދާނަ ބައެކެވެ. އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް އެމީހުންގެ އަމިއްލަ އަތުން އުފައްދާ ތަކެތީން ކުރަމުން އައިސްފައިވާ ބައެކެވެ.



ދިވެހީންގެ މަސައްކަތްތެރިކަން ޝާއިރެއްގެ ގަލަމުން ހާމަކޮށްފައިވާ އަސަރުގަދަ ބަސްތައް ވިދާޅުވުމަށް ތިރީގައިވާ ލިންކު ޚިޔާރުކުރައްވާ
















އޮޓޮބައޮގްރަފީ




ފިނިފެންމަލެއްގެ ހިތުގެ އުދާސް




މާތަކުގެ ރާނީކަމުގައި ބެލެވޭ ފިނިފެންމަލަކީ މަޤުބޫލު މަލެއްކަމުގައި ބެލެވިފައިވެއެވެ. ޚާއްޞަގޮތެއްގައި ޒުވާނުންގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިކަމުގައި އަންހެން ޖިންސް ކުރި ހޯދާފައިވާކަމީ ފެންނަމުންދާ ޙަޤީޤަތެކެވެ. އަންހެން ޖިންސުއްލަތީފުންނަށް ޒުވާންފުރައިގެ ފިރިހެންކުދިންގެ ފަރާތުން އޮހެމުންދާ ފިނިފެންމަލުގެ ގުލްދަސްތާތަކުން މިކަމުގެ ހެކިތައް ފާޅުވަމުންދެއެވެ. ނަމަވެސް މިމާވެސް އެމަލުގެ ޒުވާންދުވަސްތަކާއި އަލްވަދާޢުކިޔައި އުމުރުގެ ފަހު ދުވަސްތައް ގުނަން
ފެށުމުން ބޭކާރުވާން ފަށައެވެ. ކުރިން މަށަށް މަށަށް ގޮވި ފަރާތްތަކުން އެކަހެރިކުރަންފަށައެވެ.




މަސައްކަތް
ދުވަސްވަރަކީ މުޖުތަމަޢުގައި ލިޔުންތެރިންގެ މަޤުބޫލުކަން އިތުރުވެފައިވާ ދުވަސްވަރެކެވެ. ތިޔަ ދަރިވަރަކީވެސް މުޖުތަމަޢުގައި މީހުންގެ މަޤުބޫލުކަން ހޯދާފައިވާ ދަރިވަރެއްކަމުން ލިޔުމުގެ ރަހަ ބަދަލުކޮށްލުމަށްޓަކައި ސަމާސާ އަދަބުގެ ލިޔުމެއް ލިޔާށެވެ! އެގޮތުން މިފަހަރު ލިޔާ ލިޔުމަކީ ފިނިފެންމަލެއް އޭގެ ހަޔާތުގެ ތަފާތު މަރުހަލާތައް ކަޑައްތު ކުރަމުންދިޔަގޮތް ފިނިފެންމަލެއްގެ ދުލުން ކިޔައިދެމުންދާ ބީދައިން ލިޔާށެވެ!




ކިޔުންތެރިންގެ ޝަޥްޤުވެރިކަން ހޯދުމަށްޓަކައި ތިރީގައިވާ ޕޮއިންޓްތަކަށް އަލިއަޅުވާލާށެވެ!
· މަލުގެ ތަޢާރަފް
· ޒުވާން ދުވަސްވަރު ހޭދަކުރަމުން ދިޔަގޮތް
· ދިމާވި ތަފާތު ޙާދިޘާތައް
· ޙަޔާތް ނިމިގެން ދިޔަގޮތް

Thursday, May 6, 2010

ދިވެހިބަސް

ދިވެހިބަހަކީ ކޮންމެ ދިވެއްސަކުވެސް ފަޚުރުވެރިވުން ޙައްޤު ދިވެހީންގެ މާދަރީބަހެވެ.މިބަސް ހީނަރުވެދިޔަނުދީ ދެމެހެއްޓުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ
މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކޮށްލެއްވުމަށް ތިޔަ ފެނިވަޑައިގަންނަވާ ސައިޓަށް ޒިޔާރަތްކޮށްލައްވާ
.http://www.fanvai.info/component/search/ދިވެހިބަސް.html?ordering=&searchphrase=all

ދޭހަ

މިއީ ދޭހައާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެކެވެ

.http://www.4shared.com/file/SP_HvqBb/DHEYHA__SSC_.html
http://rapidshare.com/files/384249280/table_of_SP_dhivehi_HSC.pdf.html