މާދަރީބަސް

މާދަރީބަހަށް ސަމާލުވަމާ

ވާހަކަލިޔުމުގެ ފަންނު

ވާހަކައަކީ ދިރުއުޅުމުގެ މައިދާނުން ފެންނަ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ލިޔުންތެރިން އެބައިމީހުންގެ ކިޔުންތެރިންގެ ހިތް އުފާކޮށްދިނުމަށްޓަކައި ބޭނުންކުރާ އަދަބިއްޔާތުގެ ވަރަށް އަސަރުގަދަ ބާވަތެކެވެ.
ވާހަކަލިޔުމުގައި ވިސްނަންޖެހޭ މުހިއްމު ކަންތައްތަކެއް ވެއެވެ. އެގޮތުން:
މޮޅު ޝަޥްޤުވެރި ފެށުމެއް އޮތުން
އެކަށީގެންވާ ރަނގަޅު ޙާދިޘާއެއް އޮތުން
ޙާދިޘާރަނގަޅަށް ކުރިއަރުވަމުން ގެންދިޔުން
ވާހަކައިގެ ކުންނު  ގެނައުން
ވާހަކައިގެ ނިމުމުގައި މައްސަލަ ރަނގަޅަށް ހައްލުކޮށްލުން