މާދަރީބަސް

މާދަރީބަހަށް ސަމާލުވަމާ

މަޒުމޫނެއް ލިޔެލަމާ

މަޒުމޫނުލިޔުން
މަޒުމޫނަކީ ކަނޑައަޅާ މައިގަނޑު ނަމަކަށް ހޯދާ މަޢުލޫމާތު ޕެރެގްރާފްތަކަކަށް ބަހައި ފެށުމާއި، މައިގަނޑާއި، ނިންމުން އެކުލެވޭގޮތަށް ބަހުގެ ހަމަޔާއި ޤަވާއިދަށް ފައްތައިގެން ލިޔާ ލިޔުމެކެވެ. މަޒުމޫނަކީ ކޮބައިކަން އެންމެ ކުރުކޮށް ބުނެވޭނެ އެންމެ ފުރިހަމަ ގޮތަކީ މިއީއެވެ. ކޮންމެ މަޢުޟޫއަކަށް މަޒުމޫނު ލިޔުނުކަމުގައިވިޔަސް ތިރީގައިވާ ސިފަތަކަށް ސަމާލުވާށެވެ!
މައިގަނޑު ސުރުޚީ
ފެށުން
މައިގަނޑު
ނިންމުން
ޢިބާރާތްކުރުމާއި ބަހުގެ ހަމަޔާއި ޤަވާޢިދު

މަޒުމޫނެއް ލިޔަން ފެށުމުގެ ކުރިން އެ މަޒުމޫނެއްގެ އޮނިގަނޑު ރާވާލުމަށް ސަމާލުވާށެވެ!
ތިރީގައި އެވަނީ މައިގަނޑު ސުރުޚީއެއްގެ ދަށުން އޮނިގަނޑު ރާވާލެވިދާނެގޮތުގެ ނަމޫނާއެކެވެ.
އަޅުގަނޑަށް ޘާނަވީ މަދަރުސާއެއް ހިނގުމުގެ ފުރުޞަތު ލިބިއްޖެނަމަ....
ފެށުން
ހިންގުމަކީ ކޮބައިކަން ހާމަވުން
ހިންގުން މާނަކުރާ ތަފާތު ގޮތްތައް ހާމަކުރުން

މައިގަނޑު
..................................
ދަރިވަރުންގެ ޢަޤީދާ ވަރުގަދަކޮށް އަޚުލާޤު ރަނގަޅުކުރުން
ޢަޤީދާ މިނަމުގައި އިތުރު މާއްދާއެއް ކިޔަވައިދިނުން
ޤުރުއާނާއި ޙަދީޘް ހިތުން  ދަސްކުރުން
އަޚުލާޤީ ސިފަތައް ހިމެނޭ ފިލާވަޅުތައް ހިތުން ދަސްކުރުން
މިގަޑި ގެންދާނެގޮތާއި ޓެސްޓްދޭނެގޮތް ހާމަކުރުން

ތަޢުލީމުގެ މައިގަނޑު މަޤުޞަދު ހުރިހާ ފަރާތްތަކަށް ހާމަކުރުން
މަޤުޞަދު އޮޅުންފިލުވުމަށް ބެލެނިވެރިންނާއި ،މުދައްރިސުންކުރާނެ ކަންތައްތައް
މަޤުޞަދު ާޙޞިލްވު މިންވަރު ބަލާނެގޮތް

ވީހާ ހަމަހަމަ ނަތީޖާއެއް ނެރުމަށް މޮޅު ކުދިންގެ އެހީތެރިކަން ދަށްކުދިންނަށް ހޯދައިދިނުން
ގްރޫޕްސްޓަޑީ ހަދާނެ ވަކި ކުލާސްތަކެއް ހެދުން
އެ ކުލާސްތަކުގައި މޮޅި\ ކުދިންނާއި މުދައްރިސުންގެ އެހީތެރިކަން ދަށްކުދިންނަށް ފޯރުކޮށްދިނުން
ކުލާސް ކުރިއަށް ގެންދިޔުމުގެ އިޚުތިޔާރު ބޮޑަށް މޮޅު ކުދިންނަށްދިނުން

މުވައްޒަފުންނާމެދު ހަމަހަމަކޮށް ކަންތައްކުރުން
ޤާބިލް މުދައްރިސުން ބާކީވިޔަނުދިނުން
އެއްވެސް މުވައްޒަފަކު ނަހަމ ނުފޫޒުގެ ބޭނުން ހިފިޔަ ނުދިނުން

ނިންމުން
ވެރިންނާއި ލީޑަރުންގެ ތަފާތު ހާމަކޮށް ލީޑަރޝިޕް ދައްކާނެކަން ހާމަކުރުން

އިމްތިހާނުގައި ކުދިން ލިޔާ މަޒުމޫނުތަކުން މައިގަނޑު ގޮތެއްގައި ފާހަގަކުރެވެ މައްސަލަތައް
މަޢުލޫމާތުގެ ަބއިން

މަޢުލޫމާތު ހިމަނާފައިވާ މިންވަރު މަދުވުން
މަޢުޟޫއާއި ގުޅޭ ހެކި ދައްކާފައިވާ މިންވަރު މަދުވުން
ހަމަނުޖެހޭ މަޢުލޫމާތު ހުށަހެޅުން
އެއް މަޢުލޫމާތެއް އެތައް ފަހަރަކު ތަކުރާރުވުން
ނުގުޅޭ މިސާލުތައް ގެނަސްފައިވުން

ހުށަހެޅުމުގެ ބައިން
ޕެރެގްރާފް ވަކިނުކުރުން
ރަނގަޅު ނިންމުމެއް ގެނެވިފައިނުވުން
ޚިޔާލުތައް ޕެރެގްރާފްތަކަށް ބަހާފައިނުވުން
ޚިޔާލުތައް ތަރުތީބުނުކުރުން
ރަނގަޅު ނިންމުމެއް ގެނެވިފައިނުވުން

ޢިބާރާތްކުރުމުގެ ބައިން
ޖުމްލަތައް ހަމަޖެހޭ ތަރުތީބަކުން ގެނެވިފައިނުވުން
ޢިބާރާތްކުރުމުގައި ސާފުކަމާއި ސާދާކަންނެތުން
ގުޅޭ ބަސްކޮށާރެއް ނެތުން

ޤަވާޢިދާއި ހަމަ އައި އިމްލާގެ ބައިން
ބަހުގެ މައިގަނޑު ބައިތަކާއި ދަރަޖަތައް އަދި ކުށްބަހާއި ގުޅުވާއަކުރު ބަދަލުވާ އަކުރު ބަހުގެ ޤަވާޢިދާއި ހަމައާއި އެއްގޮތްވާ ގޮތުގެ މަތީން ބޭނުންކޮށްފައިނެތުން
ހުރުން އިނުން އޮތުންފަދަ ހަމަތައް ނުޤަވާޢިދުން ބެނުންކުރުން
ސުކުން، ފިލި ، ތިކިޖެހިތާނަ އޭގެ ހަމައާއި އެއްގޮތަށް ބޭނުންކޮށްފައިނެތުން

އިލްތިމާސް
ހަރުދަނާ އޮއްޓަރުހުރި މަޒުމޫނެއް ލިޔުމަށް ބަޔާންކުރެވުނު ކަންތައްތަކަށް ސަމާލުވާށެވެ
ނަމޫނާ މަޒުމޫނުތަކެއް ވިދާޅުވުމަށް މި ސައިޓު ޚިޔާރުކުރައްވާ